ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިއަދު ނިޔާވި 4ވަނަ މީހާއެވެ. އަދި މިބަލީގައި ނިޔާވި 98ވަނަ މީހާއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއީ ހުޅުމާޅޭ މޭޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިމީހާ ނިޔާވެފައިވަނީ މިރޭ 10:44ހާއިރުކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ.
Tonight at 10:44 pm an 80-year-old Maldivian female admitted at HMF has passed away
— Health Protection Agency (@HPA_MV) May 16, 2021
This is the 98th COVID-19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant her soul eternal peace in heaven
މިބަލީގައި މިއަދު ކުރިން ނިޔާވެފައިވާ 3 މީހުންވެސް ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް-19ގައި ނިޔާވި އެންމެ ހަގު މީހާވެސް ނިޔާވެފައިވަނީ މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ. ކޯވިޑް ޖެހިގެން ހޮނިހިރު ދުވަހު 2 މީހަކު ނިޔަވެފައިވާއިރު ހުކުރުދުވަހު އެކަނިވެސް 5 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. މިއާއެކު ރާއްޖެއިން 98 މީހަކުވަނީ ކޯވިޑް ބަލީގައި ނިޔާވެފައެވެ. އެއީ 85 ދިވެހިންނާއި 13 ބިދޭސީންނެއެވެ.
ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ފަނަރަހާހަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އަދި މީގެތެރެއިން 262 މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ރާއްޖޭގައި ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު އަންނައިރު މީގެތެރޭގައި ވެކްސިން ފުރިހަމަނުކުރާ މީހުން ގިނަކަން އެޗްއީއޯސީއިން ފާހަގަކުރައްވައެވެ.