ޚަބަރު

ކޯވިޑް-19 : އެންމެފަހުން ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިން ނުޖަހާ - ޑރ. ޝަހީދު


ކޯވިޑް-19 ޖެހިގެން މިދިޔަ 3 ދުވަހުގެތެރޭގައި ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައިނުވާކަމަށް ޑރ. ޝަހީދު ވިދާލުވެއްޖެއެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގެ ޑޮކްޓަރ، ޑރ. ޝަހީދު ވިދާޅުވީ
މިމަހުގެ މިހާތަނަށް ކޯވިޑް-19 ބަލީގައި 23 މީހުން ނިޔާވެފައިވާކަމަށާއި، މިދިޔަ 3 ހަފްތާގައި ނިޔާވި އެންމެނަކީވެސް އެކި ބަލިތަކުގައި ދިގުމުއްދަތަކަށް ފަރުވާހޯދަމުންދިޔަ މީހުންކަމަށެވެ.

ފަހަކަސް އައިސް ނިޔާވާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ 80 އަހަރުން މަތީގެ މީހުންކަމުގައިނީނަމަވެސް އެޑްމިޓްކޮށްގެންނާއި އަސީޔޫގައިވެސް މިހާރު ޒުވާން އުމުރުފުރާގެ މީހުންނަށް ފަރުވާދެމުންދާކަން ޑޮކްޓަރވަނީ ކަންބޮޑުވުމާއެކު ފާޅުކުރައްވާފައެވެ.

އަދި އެންމެ ފަހުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުނަކީ ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައިވާ ބައެއްނޫންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"މިމަހުގެ 14، 15، 16 މިތިން ދުވަހު ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒް އެއް ލިބިފައިނުވާ މީހުންކަން ފާހަގަކޮށްލަން" ޑރ. ޝަހީދު ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީދު ވިދަޅުވީ މާލެ ސަރައްދުގައިއާ އެނޫންވެސް ރަށްރަށުގައި ބައެއް ވެކްސިންތައް މިހާރުވެސް ޖަހަމުންދާއިރު ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް ޑޮކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް މަރުވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އެކަށީގެންވާ ވަރުވާ ނުދެވިގެން ނިޔާވެފައި ނުވާކަން ފާހަގަކުރައްވަމުން ޑރ. ޝަހީދުވިދާޅުވީ މިހާރު ހުރި ގޮންޖެހުންތަކާއެކުވެސް އެންމެ ސީރިއަސްވާ މީހުންނަށް ދޭންޖެހޭ ފަރުވާއާއި ފޯރުކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރަމުން ގެންދާކަމަށެވެ.