ޚަބަރު

ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް މުޙައްމަދު ޖުނައިދު


 ޤާނޫނު ނަންބަރު 2011/8
(ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ
ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑޫސިޓީ މީދޫ
ކެނެރީވިލާ މުޙަންމަދު ޖުނައިދު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.

 މުޙަންމަދު ޖުނައިދަށް ‏ކޮމިޝަނަރ
ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ
ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

ކޮމިޝަނަރ ޖެނެރަލް އޮފް
ކަސްޓަމްސް ކަމަށް މުޙަންމަދު ޖުނައިދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން
ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު
ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ
ހުވައި، މުޙަންމަދު ޖުނައިދު ‏ކުރެއްވިއެވެ.

ޖުނައިދު ކުރިން ހުންނެވީ އެމްޕީއެލްގެ ސީއީއޯގެ މަޤާމުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ ވަނީ މިއަދު އެމަޤާމުން ވަކިކުރައްވާފައެވެ.