ކުޅިވަރު

ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބް ދަތުރުކޮށްފި


ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން
ޕޮލިސް ކުލަބް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ޕޮލިސް ކުލަބް ޖާގަ
ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗް އިހަވަންދޫ ކުލަބް ޕޯލް ސްޓާރއާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް
ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ޕޮލިސް ކުލަބް ގެންދިޔައީ 21-25، 25-20، 26-24 އަދި 25-16 ނެވެ. މިމެޗްގެ ކުއީން
އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.

 މިމެޗުން އިހަވަންދޫ
ކުލަބް ޕޯލް ސްޓާރ ބަލިވިނަމަވެސް ލީގު ބުރުގައި ޕޯލް ސްޓާރ ވަނީ ޕޮލިސް
ކުލަބް ތިން ސެޓް ދެ ސެޓުން ބަލިކޮށްފައެވެ. މިމުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބް
ދަތުރުކޮށްފައިވާއިރު، ޕޯލް ސްޓާރއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އަދި ވަނީ
ހުޅުވިފައެވެ. މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ ކުލަބް ޕޯލް ސްޓާރއާއި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް
ކުލަބްއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރުސަތު ލިބިގެންދާނެއެވެ.