ވިޔަފާރި

ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަންނަ އޮގަސްޓްމަހު ހުޅުވަނީ


ޅ. އަތޮޅު ތިލަމާފުށީގައި ތަރައްޤީކުރާ، 'ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ' އަންނަ އޮގަސްޓްމަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މަޝްހޫރު މެރިއޮޓް ހޮޓެލްގެ ބްރޭންޑެއް ކަމަށްވާ "ލު މެރިޑިއަން" އިން މިހާރުވެސްދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 111 ހޮޓާ ހިންގަމުންނެވެ.

މި ރިސޯޓް ތަރައްޤީކޮށްފައިވާ ޅ.ތިލަމާފުއްޓަކީ 9 ހެކްޓަރުގެ ރަށެކެވެ. މި ރަށް ވަށައިގެން ބޮޑު ފަޅެއް އޮވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން މި ރިސޯޓަށް ދެވެއެވެ.

ލު މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަކީ 154 ކޮޓަރީގެ ރިސޯޓެކެވެ. އެގޮތުން އެއް ކޮޓަރީގެ ވިލާތަކާއި 2 ކޮޓަރީީގެ ވިލާތަށްވެސްހުންނާނެ ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ.

އަދި އާއިލާ އާއި އެއްކޮށް ޗުއްޓީއަށް އަންނަ ފަތުރުވެރިންނަށާއި، ރައްޓެހިންނާއި އެކު އަންނަ ފަރާތްތަކަށް ޙާއްސަ ވިލާއެއްވެސް މި ރިސޯޓުގައި ހުރެއެވެ. 3 ކޮޓަރީގެ މި ވިލާ ހުންނާނީ އެހެން ވިލާތަކާއި ވަކިން ކަމަށް އެރިސޯޓުން ބުނެއެވެ.

ލު މެރީޑިއަން ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުންނާނެއެވެ. އަދި ސްޕާގެ ޙިދުމަތްވެސް މި ރިސޯޓުން ލިބެން ހުންނާނެއެވެ.

މެރިއެޓް އިންޓަރނޭޝަންލްގެ ދަށުން ޓޫރިޒަމްގެ ދާއިރާގެ 30 ބްރޭންޑެއް އޮޕްރޭޓްކުރާއިރު، މީގެ ތެރެއިން ބައެއް ބްރޭންޑުތަކުގެ ރިސޯޓްތަށް މިހާރުވެސްދަނީ ރާއްޖޭގައި ހިންގަމުންނެވެ.