ޚަބަރު

ކަންނެލި ދޯންޏަކާއި މުދާ އުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓްވެއްޖެ


ކަންނެލި ދޯއްޏަކާއި މުދާ އުފުލާ ދޯއްޏެއްޖެހި ހުޅުމާލެ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.މިއަދު ހެނދުނު 08:10 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މުދާ އުފުލާ ދޯނީގައި ހުރި މީހަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ބުނީ އޭނާގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.މި އެކްސިޑެންޓްގައި 2 ދޯއްޏަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އަދި ލިބުނު ގެއްލުންތަކުގެ ސަބަބުން މުދާއުފުލާދޯނި ދިޔަވެ އަޑިއަށްދާތީ މިހާރުވަނީ ހުޅުމާލެ ކަނޑިންމަ ކައިރިން ނެރުމައްޗަށް ބީއްސާލާފަކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި އެކްސިޑެންޓްގެ މައްސަލަ މެރިން ޕޮލިސް އިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.