ތަޢުލީމު

އެކްސެލް އިންޓަރނޭޝަން ސްކޫލްގެ 78 ދަރިވަރަކު ދަސްވެނިވެއްޖެ


އެކްސެލް
އިންޓަރނޭޝަން ސްކޫލުގައި މިއަހަރު ތަޢުލީމް ހާސިލްކުރަމުންދިޔަ 78 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.



އިސްލާމީ
މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގްރެޖުއޭޓުވި ދަރިވަރުންނަށް
ލިޔުމާއި ތަށި ހަވާލުކޮށްދެެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ
އިބްރާހިމް އިސްމާއިލެވެ.



މި ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް
އިސްމާއިލް ވިދާޅުވީ އެކްސެލް އިންޓަރނޭޝަން ސްކޫލަކީ ކުދިން ތަރައްގީކޮށް
ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރާ ސްކޫލެއްކަމަށެވެ. އަދި އެ ސްކޫލަކީ 
އަމިއްލަ ފައިދާއަށް މަސައްކަތްކުރުމުގެ ބަދަލުގައި ދަރުވަރުންގެ
ކުރިއެރުމަށް ގިނަ މަސައްކަތްތަކެއްކުރާ ސްކޫލެއްކަން ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.



އެކްސެލް އިންޓަރނޭޝަން ސްކޫލުން ބުނީ އެ ސްކޫލުން ގްރެޖުއޭޓްވީ ހުރިހާ
ދަރިވަރުންނަށް މާލޭގެ އެކި ސްކޫލްތަކުން މިހާރު ޖާގަ ލިބިަފއިވާކަމަށާއި އެ
ސްކޫލްގައި ކިޔަވައިދެމުންދަނީ އިންޓަރނޭޝަނަލް ކަރިކިއުލަމަށްކަމަށެވެ.

އެކްސެލް
އިންޓަރނޭޝަން ސްކޫލުން 700 ދަރިވަރަކު މިއަހަރު ތަޢުލީމް
ހާސިލުކޮށްފައިވެއެވެ.