ޚަބަރު

ކުޅުދުއްފުށީ ކޭސްތަކާއި ގުޅިގެން މިހާތަނަށް ނެގި ސާމްޕަަލްތައް ނެގެޓިވް


ކުޅުދުށްފުށިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއްވެސް ނެގްޓިވްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ކުޅުދުށްފުށިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުންނެވެ. މި ތިން މީހުން ޕޮޒިޓިވްކަން އެގުނީ މިތަނުން މި ބަލީގެ އަލާމާތައް ހުރި އެކަކު ކުޅުދުއްފުށި ސިޓީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. ޕޮޒިޓިވްވެފައިވަނީ ދެމަފިރިޔަކާއި އެ އައިލާގެ މެމްބަރެކެވެ. މި ކޭސްތަކާއި ގުޅިގެން ކުޅުދުށްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސް އެ ސިޓީއަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 27 މީހެއް ޑައިރެކްޓް ކޮންޓެންޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށެވެ. އިއްޔެގެ ވަގުތެއްގައި މި 27 މީހުންނާއި އެކު ޖުމްލަ 45 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާކަމަށާއި މި އެންމެންވެސް ނެގެޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އިތުރު 4 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށާއި މިއަދުވެސް ރެންޑަމް ސާމްޕަލް ނަގާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކުޅުދުއްފުށި މޮޓިޓަރިންގެ ހާލަތަށް ގެނައުމާގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަށް އަޅާ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގޭން ބޭރަށް ނުނިކުތުމަށް ކުޅުދުއްފުށީ ކައުންސިލުންވަނީ ރައްޔިތުނަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް ކޭސްތަކާއި ގުޅިގެން ކުޅުދުށްފުށީ ސިޓީގެ އިތުރުން އައްޑޫ ސިޓީވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މީހުން ދިރިއުޅޭ ރަށްތަކުން ކޯވިޑް ކޭސްތައް ފެންނަމުް ދާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިވަގުތުވެސް 25 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ރާއްޖެއިން ކޯވިޑް ކޭސްތައް ފެންނަމުން ދާ މީންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އައިސް އިއްޔެ މިވަމީ އަދަދު 500 އިން މައްޗަށް އަރާފައެވެ. އަދި މިވަހުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިވަނީ 172 އަރާފައެވެ.