ވިޔަފާރި

މެގަ މޯލްޑިވްސް އިން ދިއްލީއަށް ދަތުރުތަައް ފެށުމަށް ނިންމައިފި


މެގަ މޯލްޑިވްސް އިން ރާއްޖެއާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެއަރލައިންއިން ހާމަކޮށްފިއެވެ. 

މެގަ މޯލްޑިވްސް ގެ ސީއީއޯ ޖޯޖް ވެއިންމެން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއާއި އިންޑިއާގެ ވެރިރަށް ދިއްލީ އާއި ދެމެދު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ފުރަތަމަަ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދަތުރުކަމަަށް ވިޔަސް ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ވިސްނާފައިވާ ކަމަށެވެ. 

ޖޯޖް ވިދާޅުވީ ޗައިނާގެ އިތުރު ތިން މަންޒިލަކަށާއި ތައިލޭންޑްގެ ބެންކޮކް އަށްވެސް މެގަ މޯލްޑިވްސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ޗަޕާންގެ ޓޯކިޔޯއަށްވެސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ޖޯޖް ވިދާޅުވީ އަންނަ އަހަރަކީ މެގަ މޯލްޑިވްސް އަށް ބޮޑެތި ކުރިއެރުންތައް އަންނާނެ އަހަރެއް ކަމަށް. އެގޮތުން އަންނަ އަހަރު ތެރޭ މެގަރ މޯލްޑިވްސް އިން ޔޫރަޕްގެ ޤައުމްތަކަށް ދަތުރުތައް ފެށުމަށް ވިސްނާފައިވާ ކަމަށް ޖޯޖް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ތެރޭ މެގަރ މޯލްޑިވްސްގެ ފްލައިޓްތަކުގެ އަދަދު ދެ ގުނައަށް އިތުރު ވެގެން ދާނެ ކަމަށްވެސް ޖޯޖް ވިދާޅުވިއެވެ. 

މެގަރ މޯލްޑިވްސް އިން މިހާރުވެސް އަންނަނީ މިހާރުވެސް ޗައިނާގެ ބެއިޖިންގް، ޝަންގްހާއި، މަކާއޯ، ހޮންގް ކޮންގް އަދި ރިޕަބްލިކް އޮފް ޕަލާއޯއަށް ދަތުރުތައް ކުރަމުންނެވެ.