މިއަންނަ އަހަރަށް
ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މަސްވެރިކަމާއި
ދަނޑުވެރިކަމަށް ސަތޭކަ ސާޅީސް ހަތް މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
މިއަހަރު މަސްވެރިކަމާއި
ދަނޑުވެރިކަމަށް ކަނޑައަޅާފައިވަނީ 81 މިލިއަން ރުފިޔާއެވެ.
2016ވަނަ އަހަރަށް
ލަފާކުރާ ދައުލަތުގެ ބަޖެޓް އިއްޔެ މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް
މިނިސްޓަރ ޢަބްދުއްﷲ ޖިހާދު ވިދާޅުވީ މަސްވެރިންނާއި ދަނޑުވެރިންނަށް ދެވޭ އެހީ
ދެމެހެއްޓޭނެކަމަށެވެ.
މަސްވެރިންނަށް ދެވޭ ސަބްސިޑީގެ ގޮތުގައި ދެ
މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު ދަނޑުވެރިންނަށްވެސް ސަބްސިޑީ
ދިނުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ. މިކަމަށް 40 މިލިއަން ރުފިޔާވަނީ ހިމަނާފައެވެ.
އަންނަ އަހަރަކީ
ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރުކަމަށްވާތީ
ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ސަތޭކަ ހަތްދިހަ ހަތަރު މިލިއަން ރުފިޔާ
ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ފަތުރުވެރިކަން
ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރާ ހޭދަވެސް ހިމެނޭނެކަން މިނިސްޓަރ
ފާހަގަކުރެއްވިއެވެ. މި އަހަރުގެ ބަޖެޓްގައި ޓޫރިޒަމް އަށް ކަނޑައަޅާފައިވަނީ އަށްޑިހަ
ނުވައެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާއެވެ.
އިގްތިސާދީ
މައިގަނޑު އެހެން ދާއިރާތަކަށް ބަލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި
މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން
ފޯރުވައިދީ އެ ވިޔަފާރިތައް ތަރައްގީކުރުމުގެ މަސައްކަތް ހިމެނޭގޮތަށް
ވިޔަފާރީގެ ދާއިރާއަށް ދުއިސައްތަ ނުވަދިހަ އަށް މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.