ކުޅިވަރު

ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި ޔޫތް މިނިސްޓްރީ ސެމީއަށް


ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި ޔޫތު މިނިސްޓްރީއިން ސެމީގެ ޖާގައެއް ޔަގީންކޮށްފިއެވެ. ފުރަތަމަ މެޗުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއާ ޔޫތު މިނިސްޓްރީ ވާދަކޮށް، މެޗެއް އެއްވަރު ވީނަމަވެސް ޔޫތު މިނިސްޓްރީއިން އެޓީމު ކުޅުނު ދެވަނަ މެޗް ކަސްޓަމްސް އާއި ވާދަކޮށް ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

ޓޮސް ދިމާވުމުން ކަސްޓަމްސް ގަސްދުކުރީ ކުޅުމަށެވެ. ކަސްޓަމްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 126 ލަނޑެވެ. ކަސްޓަމްސްއިން އެންމެ ރަގަނޅަށް ކުޅުނު އަހުމަދު ޝަރީފް 31 ލަނޑު ހެދި އިރު ، ސައިފުލް އިސްލާމްވަނީ 2 ވިކެޓް ނަގާފައެވެ. ޖަވާބުގައި ޔޫތު މިނިސްޓްރީ ކުޅެންއަރާ 7 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 127ލަނޑު ހެދިއެވެ. ޔޫތު މިނިސްޓްރީއިން އެންމެ ރަގަނޅަށް ކުޅުނީ އަމާދު 32 ލަނޑު، ސައިފުލް އިސްލާމް ވަނީ 29 ލަނޑު ހަދާފައެވެ. މިމުބާރާތުގައި ޔޫތު މިނިސްޓްރީއިން ކުޅުނު ފުރަތަމަ މެޗްގައި މީރާއާއި ވާދަކޮށް 87 ލަނޑުން މެޗްވަނީ އެއްވަރުވެފައެވެ.

ޓޮސް ދިމާވުމުން ޔޫތު މިނިސްޓްރީ ކުޅެންއަރާ 4 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 87 ލަނޑެވެ. ޔޫތު މިނިސްޓްރީއިން އެންމެ ރަގަނޅަށް ކުޅުނީ 20 ލަނޑު ހެދި ސައިފުލް އިސްލާމެވެ. ޖަވާބުގައި މީރާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 87 ލަނޑެވެ. މިރާ ޓީމުން އެންމެ ރަގަނޅަށް ކުޅުނީ 17 ލަނޑު ހެދި މޫސާ ޖިނާހެވެ.