ޚަބަރު

ޕީޖީގެ މަޤާމަށް ކުރިމަތިލުމުމުގެ ފުރުސަތު ހުޅުވާލައިފި


ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިއުލާނުގައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވާ ބުދަދުވަހުގެ 14:00 ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމް ހުސްވީ، އެމަޤާމުގައި ހުންނެވި މުހްތާޒް މުހްސިން އެމަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަދުވަހު ފާސްކުރުމާއި ގުޅިގެންނެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުން ފުރިފައިވުމާއި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުމާއި، ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރު ވެފައިވުން ހިމެނެއެވެ.