ޚަބަރު

ކޯވިޑް-19 : އޭދަފުށިން މިއަދު ޕޮޒިޓިވްވީ އެކަކު


ބ. އަތޮޅު އޭދަފުށިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށިން ޕޮޒިޓިވް މީހުންގެ އަދަދު 49 އަށް އަރާފައިވާއިރު މިއަދު އެރަށުން ފެނުނީ ޕޮޒިޓިވް އެންމެ ކޭސްއެއްކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓީވްވީ ރޯގާގެ އަލާމާތްތަކެއް ހުރެގެން ހޮސްޕިޓަލުގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖެއްކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އޭދަފުށިން މިހާތަނަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ސާމްޕަލް ނަގަން ފަށާފައިވާކަމަށާއި، އެގޮތުން މިއަދުވެސް ސަތޭކައަށްވުރެ ގިނަ ސާމްޕަލް މިއަދު ނަގާފައިވާކަމަށެވެ. އަދި މާދަމާ ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން ރަށުގެ ދެ ސަރަހައްދެއްގައި ޓެސްޓްކުރުން ކުރިއަށްދާނެކަމަށާ، ޓެސްޓް ހަދަން ބޭނުން ކޮށްމެ މީހަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށިން ކޯވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.