ދުނިޔޭގެ ވިޔަފާރި

ވާދަވެރިންނާއެކު ނެޓްފިލްކްސްއަށް ދަތިތަކެއް


2020 އަހަރު ފެށުނުއިރު ނެޓްފްލިކްސް އުޅުނީ ވަރަޒް ބޮޑު ކުރިއެރުމެއްގައެވެ. އެއީ ކޯވިޑްގެ ބަލިމަޑުކަމާއިހެދި މީހުން ގޭގައި ތިބެގެން މުނިފޫހި ފިލުވާނެ ގޮތެއް ހޯދަން ޖެހުމުންނެވެ. ނަމަވެސް ވެކްސިން ޖަހަން ފެށުމުން ނެޓްފްލިކްސްގެ މަޤުބޫލުކަން ދަށްވިއެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 208 މިލިއަން ސަބްސްކްރައިބަރުން ނެޓްފްލިކްސް ގައި އެބަތިއްބެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިތުރުވި 4 މިލިއަން ސަބްސްކްރައިބަރުންނާއެކު މުޅިޖުމްލަ ސަބްސްކްރައިބަރުންގެ އަދަދެވެ. ނަމަވެސް މިއީ ކުންފުނިން ލަފާކޮށްފައިވާ ޢަދަދަށްވުރެ ދަށް ޢަދަދެކެވެ. ކުންފުނިން ލަފާކުރީ 210 މިލިއަން ސަބްސްކްރައިބަރުންނަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސްއަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ޑޮލަރެވެ. އެކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ރަނގަޅު ފައިދާ އެއް ހޯދުމަށްފަހު މިއަހަރު އެއާ އަޅާކިޔުން ވަނީ އުނދަގޫކަމަކަށްވެފައެވެ. އެގޮތުން އެކުންފުންޏަށް އޮތް ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ.

އެންބީސީ ޔުނިވާރސަލްގެ ޕީކޮކް، އަދި ސީއެންއެން ވޯރނަރ މީޑިއާގެ އެޗްބީއޯ މެކްސް ވަނީ މިދިޔަ އަހަރު ލޯންޗް ކޮށްފައެވެ. އަދި ޑިޒްނީ ޕްލަސް ވަނީ އެންމެ ބާރުގަދަ އެއްޗަކަށް ވެފައެވެ. ވާދަވެރިން ގިނަ ކަމުގައިވިޔަސް މާކެޓްގައި ވާދަކުރެވޭނެކަމަށް ނެޓްފްލިކްސް އިން ގަބޫލުކުރެއެވެ.