ޚަބަރު

އޭދަފުށިން މިހާތަނަށް 37 މީހުން ޕޮޒިޓިވްވެއްޖެ


އޭދަފުށިން މިދިޔަ 5 ދުވަހުގެ ތެރޭގައި ކޯވިޑަށް 37 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެވެސް އެރަށުން ވަނީ 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މި 25 މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް މިހާރު އެއަތޮޅު ހޮސްޕިޓަލުން ވަނީ ފަށާފައެވެ.

އޭދަފުށީގައި ކޯވިޑް ފެތުރެން ފެށުމާއި ގުޅިގެން މިހާތަނަށް 452 ސާމްޕަލްއެއް ވަނީ ނަގާފައެވެ. މީގެ ތެރެއިން މިހާތަނަށް ތިންސަތޭކަ ނުވަދިހަ ދޭއް (392) މީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާއިރު، ނަތީޖާ ނުލިބި ވަނީ 23 ސާމްޕަލްއެއްގެއެވެ. މިސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބޭނެކަމަށް އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

އޭދަފުށިން ޕޮޒިޓިވްވި އުމުރުން 50 އަހަރުން މަތީގެ އަންހެނަކަށް ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ފެސިލިޓީގައި އަންނަނީ ފަރުވާދެމުންނެވެ. އެއަންހެން މީހާގެ ހާލު ރަނގަޅުކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.