ކެންގަރޫ ކިޑްސް އެޑިއުކޭޝަންގެ ޕްރީ ސްކޫލްތައް އަންނަ
އަހަރުން ފެށިގެން އަތޮޅުތަކުގައި ހުޅުވުމުގެ ފުރުސަތު ލިބިފައިވާކަމަށް
އައިލެންޑާސް އެޑިއުކޭޝަނުން ބުނެފިއެވެ.
ތުއްތުކުދިންނަށް ހެޔޮ
އަގުތަކުގައި ކިޔަވައިދިނުމަށް އައިލެންޑާސް އެޑިއުކޭޝަނާއި ކެންގަރޫ ކިޑްސް
އެޑިއުކޭޝަން ލިމިޓެޑާއި ދެމެދު މާސްޓާ ފްރެންޗައިސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު
ވާހަކަފުޅު ދައްކަވަމުން އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކިއުޓިވް ޑިރެކްޓަރު
އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އަތޮޅުތަކުގައި
ކެންގަރޫ ކިޑްސްގެ ޕްރީ ސްކޫލްތައް ހުޅުވުމުގެ ފުރުސަތު ލިބިފައިވާކަމަށާއި
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް އަވަހަށް މިކަމަށް އެދުމުގެ ފުރުސަތު
ހުޅުވާލާނެކަމަށެވެ.
މިގޮތުން އަންނަ އަހަރު ފުވައްމުލަކުގައި ކެންގަރޫ ކިޑްސްގެ
ފްރީސް ސްކޫލެއް ހުޅުވުމަށް މިހާރު ނިންމާފައިވާކަން އަދުލީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުން ފެށިގެން ކެންގަރޫ ކިޑްސް
ސްކޫލްތަކުގެ ފީތައް ވަރަށް ބޮޑުތަން އަގު ހެޔޮވެގެންދާނެކަމަށް އަދުލީ ވިދާޅުވިއެވެ.
މިއެއްބަސްވުމުގައި
ސޮއިކުރުމަށް ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތެއްގައި އައިލެންޑާސް
އެޑިއުކޭޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން
އަބްދުލް ރަޝީދުއެވެ. އަދި ކެންގަރޫ ކިޑްސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ
ކުންފުނީގެ ފައުންޑަރު ލީނާ އަޝަރުއެވެ.