ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ކަރަންސީ މެނުޕިއުލޭޓަރ ލިސްޓުން ވިއެޓްނާމާއި ސުވިޓްޒަރލޭންޑް އުނިކޮށްފި


އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ ދައުރުގައި ޑިސެމްބަރުމަހު ނިންމާފައިވާ ނިންމުމާއި ޚިލާފަށް ވިއެޓްނާމާއި ސްވިޓްޒަރލޭންޑް އެމެރިކާއިން ކަރަންސީ މެނިޕިއުލޭޓަރ ލިސްޓުން އުނިކޮށްފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮންގްރެސްއަށް ހުށަހަޅާ ފުރަތަމަ ކަރަންސީ މެނިޕިއުލޭޝަންގެ ސެމީ އެނުއަލް ރިޕޯޓްގައިވާ ވާގޮތުން މެނިޕިޔުލޭޓަރަކަށްވުމަށް އެޤައުމުން ކަނޑައަޅާފައިވާ މިންގަނޑުތަކަކަށް އެއްވެސް ޤައުމެއް ނުފެތެއެވެ. ނަމަވެސް ވިއެޓްނާމާއި ސްވިޓްޒަރލޭންޑް އަދި އޮޓޮނޮމަސް ޤައުމެއް ކަމަށްވާ ޓައިވާން ދަނީ ވަރަށް ރަގަޅަށް މޮނިޓަރ ކުރެވެމުންނެވެ.

ވިއެޓްނާމާއި ސްވިޓްޒަރލޭންޑް އަދި ޓައިވާންގެ ހަރަކާތްތަކަށް މިހާރު އަންނަނީ ވަރަށް ކައިރިން ބަލަމުންނެވެ. އެއީ އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައިވާ ޤާނޫނުގެ ދަށުން ކަރަންސީ މެނިޕިއުލޭޓް ކޮށްގެން އެމެރިކާގެ މައްޗަށް ނުޙައްގުން ވިޔަފާރީގެ ކުރިއެރުންތައް ހޯދާ ޤައުމުތައް ކަރަންސީ މެނިޕިއުލޭޝަން ލިސްޓުން ވަކިކުރެވޭނެތީއެވެ.

2019 ވަނަ އަހަރު ޓްރަމްޕް ދައުރުގައި ޗައިނާ ވަނީ ކަރަންސީ މެނިޕިއުލޭޓަރެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް ބައިޑަންގެ ސަރުކާރުން އެ ގޮތަށް ކަނޑައަޅާފައެއް ނުވެއެވެ. ޗައިނާގެ އިތުރުން 11 ޤައުމެއް ވަނީ މޮނިޓަރިންގގައެވެ. ނަމަވެސް އެއީ ވިއެޓްނާމް ސްވިޓްޒަރލޭންޑް އަދި ޓައިވާން މޮނިޓަރކުރާ ލެވެލަށްވުރެ ދަށް ލެވެލެއްގައެވެ.

މި ލިސްޓްގައި ޗައިނާގެ އިތުރުން ޖަޕާން، ސައުތު ކޮރެއާ، ޖާރމެނީ، އިންޑިއާ، މެލޭޝިއާ، ސިންގަރޕޯ، ތައިލޭންޑް އަދި މެކްސިކޯ ހިމެނެއެވެ. ހުކުރު ދުވަހު ވަނީ މެކްސިކޯ އަދި އަޔަރލޭންޑް ލިސްޓަށް އިތުރުކޮށްފައެވެ. ލިސްޓްގައިވާ ޤައުމުތަކަކީ ކަރަންސީ މެނިޕިއުލޭޝަންގެ ސަބަބުން އެމެރިކާ އިޤްތިޞާދީ ކުށެއް ކަނޑައަޅާފައިވާ ވާ ޤައުމުތަކެއް ނޫނެވެ.

ޢާންމުގޮތެއްގައި މެނިޕިއުލޭޝަންގައި ބައިވެރިވާކަމަށް އެމެރިކާއިން ތުހުމަތު ކުރާ ޤައުމުތަކުން އެ ޤައުމެއްގެ ރުފިޔާގެ އަގު ދަށްކޮށް ޑޮލަރުގެ އަގު މަތިކުރުމަށްޓަކައި އެޤައުމެއްގެ ފައިސާ ވިއްކުމަށްފަހު ޑޮލަރު ގަނެއެވެ. އަގު ދަށް ރުފިޔާއިން ޤައުމުގެ އެކްސްޕޯޓް އަގު ބޭރުގެ މާކެޓްތަކުގައި ދަށްވެއެވެ. އަދި އިމްޕޯޓްގެ އަގު ބޮޑުވެއެވެ.