ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އިޤްތިޞާދަށް އަޢު އުންމީދުތަކެއް


ކޯވިޑް 19ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ އިޤްތިޞާދަށް ރެކޯޑް މިންވަރަކަށް ކުރިއެރުން އައިސްފިއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 18.3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ 1992 ވަނަ އަހަރުން ޗައިނާއިން ކުއާޓަރ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން ބޮލަކަށް ޖެހޭ އަދަދަށް އައި އެންމެ ބޮޑު ކުރިއެރުމެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރި ގޮތުގައި ޗައިނާގެ އިޤްތިޞާދު ފުރަތަމަ ކުއާޓާރުގައި ކުރިއަރާނީ 19 އިންސައްތައިންނެވެ. މިދިޔަ އަހަރުގެ އިޤްޠިޞާދީ ބޮޑު ގެއްލުމަށްފަހު، މި އައި ބޮޑު ކުރިއެރުމަކީ ލަފާކުރަންވެސް އުނދަގޫ ކުރިއެރުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޯވިޑް 19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރު ދުވަސްވަރު މުޅި ޗައިނާ ފުރަބަންދަކަށް ދިއުމުގެ ސަބަބުން 2020 ވަނަ އަހަރު އެ ޤައުމުގެ އިޤްޠިޞާދު ފުރަތަމަ ކުއާޓަރގައި ވަނީ 6.8 އިންސައްތައިގެ ގެއްލުމެއް ލިބިފައެވެ.

"ޤައުމުގެ އިޤްޠިޞާދު މިވަނީ ރަގނަޅު ފެށުމެއް ފަށާފައި" ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ނެރެފައިވާ، ޗައިނާގެ ބިއުރީ އޮފް ސްޓެޓިސްޓިކްއިން ބުނެފައިވެއެވެ.

"އަހަރުމެން ވިސްނަންވީ ކޯވިޑް 19 ގެ ބަލިމަޑުކަން އަދިވެސް ޤައުމުތަކުގައި ދަނީ ފެތުރެމުން. މީގެ ސަބަބުން ދުނިޔޭގެ ޤައުމުތަކަށް ދެންވާނެ ގޮތެއް ލަފާކުރުމަށް ވަނީ ނުކުޅެދިފައި" ބިއުރޯއިން އިތުރަށް ބުނެފައިވެއެވެ.

މުހިއްމު އެހެން ހިސާބުތަކުންވެސް ދައްކަނީ ޗައިނާގެ އިޤްތިޞާދީ ކުރިއެރުންތަކެވެ. އެގޮތުންޞިނާއީ މަސައްކަތްތަކުގެ ފައިދާ މާރިޗް ވަނީ 14.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި ކުދި ވިޔަފާރިތަކުން ކުރާ ވިޔަފާރީން ވަނީ 34.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ޗައިނާއިން ވަނީ 2030 ގައި މި މޫސުމަށް ގެއްލުންވާ ގޮތަށް އިޤްތިޞާދީ މަސައްކަތްނުކުރައްވާނެކަމަށް ވަޢުދުވެފައެވެ. އަދި 2060 ވަނަ އަހަރު މިކަންތައްތައް އެއްކޮށް ހުއްޓާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފުރާންސްގެ ރައީސް އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ ވިދާޅުވެފައިވަނީ މިކަން އޭގެ ކުރިން ނިންމާލަން ޖެހޭނެކަމަށެވެ.

ޔޫރަޕްގެ އިއްތިޙާދު އަދި އެމެރިކާގެ އިސްވެރިންވެސް ގޮވާލަނީ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް' ގެ ނަމުގައި ފަޤީރު ޤައުމުތަކުގައި ޗައިނާއިން ކުރިއަށްގެންދާ ކޯލް އަންދާ ޕްލާންޓްތަކަށް ފަންޑު ކުރުން ހުއްޓާލުމަށެވެ.

އެމީހުން ބުނާގޮތުގައި ބޯޓުދެލިން މުއްސަނދިވެފައިވާ އެފްރިކާގެ ޤައުމުތަކުން ދުނިޔެ ތަޤައްޔަރު ކުރަން ފަށައިފިނަމަ މުޅި ދުނިޔެއަށް އޭގެ އަސަރު ކުރާނެއެވެ.

"މަހުން މަހުން އަންނަ ބަދަލުތަކަށް ބަލާއިރު ސިނާޢީ އުފެއްދުންތަކާއި ބޭނުންކުރާވަރު އަދި އިންވެސްޓް ކުރާވަރު މާރިޗް މަހު ވަނީ ހާސްވާންޖެހޭ ހިސާބެއްގައެއް ނޫން. އެއީ ފުރަތަމަ ދެ މަސްދުވަހު ދަށްވި ދަށްވުމަށްފަހު" އޭޝިއާ އިކޮނޮމިކްސް އެޓް ރިސާރޗް އެންޑް ކޮންސަލްޓެންސީ ފާރމް އޮކްސްފޯރޑް އިކޮނޮމިކްސްގެ ވެރިޔާ ލުއިސް ކުޖިސް ވިދާޅުވިއެވެ.

ޗައިނާގެ އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓްގެ ޕްރޮންސިޕަލް އިކޮނޮމިސްޓް ވިދާޅުވާގޮތުގައި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޗައިނާގެ އިޤްތިޞާދަށް އައިސްފައިވަނީ ބޮޑު ކުރިއެރުމެކެވެ. އަދި ބައެއް އުފެއްދުންތަކާއި އެކްސްޕޯޓްތައް ފުރަތަމަ ކުއާޓަރަށް ގެނެވުނީހެވެ.

"ވިޔަފާރިތަކާއި ސިނާޢީ އިތުރު ހަރަކާތްތައް އެހާ ވަރުގަދަ ގޮތެއްގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ވެގެން ނުދާނެ. އެއީ އެތެރޭގެ އިޤްތިޞާދު ކުރިއެރުމަށް ރާވާފައިވާ ކަންތައްތައް އެހާ މަދުވީމަ'. އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ހިސާބުތަކަކީ އަދި ޗައިނާގެ އިޤްތިޞާދު ކުރިއަރައިގެން ދާނެކަމަށް ނިންމޭނެ ހިސާބު ތަކެއް ނޫނެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި މިއަހަރުގެ މި ކުއާޓަރާއި އަޅާބަލާއިރު މިއީ އެންމެ 0.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޯވިޑްގެ ބަލިމަޑުކަން ފެތުރުނުފަހުން ޗައިނާގެ އިޤްތިޞާދު އެއްވަރެއްގައި ކުރިއަރައިގެން ދިޔައީ މިއަހަރު އެކަންޏެވެ. މިއީ ވިޔަފާރިތަކަށް ދީފައިވާ އިމަރޖެންސީ ރިލީފްގެ ސަބަބުންނާއި ބަލިފެތުރުނަ ނުދިނުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކުރުއެރުމެކެވެ.

2021 ވަނަ އަހަރަށް ޗައިނާއިން ވަނީ 6 އިންސައްތައިގެ ކުރިއެރުމެއް އެ ޤައުމުގެ އިޤްތިޞާދަށް ހޯދުމަށް އަމާޒު ހިފާފައެވެ.