ޚަބަރު

ބަޖެޓަށް ވޯޓަށް އެހުން މިމަހުގެ 26 ވަނަ ދުވަހު!


އަންނަ
އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިމަހުގެ ސައްބީސްވާ ބުރާސްފަތި ދުވަހު
ފާސްކުރުމަށް ވޯޓަށް އަހާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ. 

މަޖިލީހުގެ
ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވާފައިވާ، 2016
ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް
ގެންދިއުމަށް  ރޭވިފައިވާ ގޮތުގެ
ތާވަލްގައި ބުނެފައިވަނީ،  ދައުލަތުގެ
ބަޖެޓު މިމަހުގެ ބާރަވަނަ ދުވަހު މަޖލީހުގެ އިދާރާއަށް ހުށައެޅުމުން ބަޖެޓް ބަހުސް
މިމަހުގެ ސޯޅަވަނަ ދުވަހު ފަށާނެކަމަށެވެ. 







އެގޮތުން
މިމަހުގެ ސަތާރަ ވަނަ ދުވަހުގެ ހެނދުނު ނުވައަކުން އިރުއޮއްސި ހައެއް ޖެހުމާއި
ހަމައަށް ބަހުސް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައިެވެ. އަދި
ބަޖެޓް ދިރާސާކުރައްވާ ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް
ނިންމާފައިވަނީ  މިމަހުގެ ސައުވީސް ވަނަ
ދުވަހުއެވެ. އަށްފަހު ސައްބީހުގައި ވަނީ
ބަޖެޓްފާސްކުރުމަށް ނިންމާފައެވެ.