ބ.އޭދަފުށީގައި ހޯމްކަރަންޓީނުގައި ތިބި 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ބ.އަތޮޅު ހޮސްޕިޓަލާ ޙަވާލާދެއްވައި އެރަށު ކައުންސިލުން ވިދާޅުވީ މި 5 މީހުން ޕޮޒިޓިވްވީކަން އެނގުނީ އެމީހުން ހޯމް ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ކަމަށެވެ.
ޕޮޒިޓިވްވީ މީހުންގެތެރޭގައި 2 ކުޑަކުދިން ނާއި ދެ ފިރިހެނަކާއި އަންހެނަކު ހިމެނެއެވެ. މައުލޫމާތު ލިބޭގޮތުގައި ކުޑަ ދެ ކުދިންނާއެކު އެކުދިންގެ މަންމައާއި ބައްޕަވެސް ކަރަންޓީންގައި ތިބީ އެއް ގެއެއްގައެވެ.
މިމަހު އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑް-19އށް ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވްވި 5 މީހުންނާއެކު އެރަށުން މިހާތަނަށް ހޯމްކަރަންޓީނަށް މީހުން އަންނަން ފެށިފަހުން 36 މީހަކުވަނީ މިބައްޔައް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 30 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ.