މަރާއި ހައްދުގެ މައްސަލަތަކުގައި ހައިކޯޓުން ކުރާ ހުކުމްތައް ތިރީސް ދުވަހުގެ
ތެރޭގައި އިސްތިއުނާފް ކުރަންޖެހޭ ގޮތަށް ސުޕްރީމްކޯޓުން ހަމަޖައްސަވައިފިއެވެ.
ސުޕްރީމްކޯޓުން އާއްމުކުރި
ސާރކިއުލާރގައި ބުނާގޮތުން ކޯޓްތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ހުކުމް
ތަންފީޒްކުރުމަށްޓަކައި ހައިކޯޓްގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ނުވަތަ ސައްހަ
ހުކުމެއްކަން ސުޕްރީމްކޯޓުން ކަނޑައަޅަންޖެހޭ މައްސަލަތައް އެ މައްސަލައެއް
ނިންމާތާ ތިރީސްދުވަހުގެ ތެރޭގައި ހުށައަޅަންޖެހޭކަމަށެވެ.
އަދި މި ތިރީސް ދުވަސް ގުނާނީ
ބަންދުދުވަސްތައް ހިމެނޭ ގޮތަށްކަމަށްވެސް ސުޕްރީމްކޯޓްގެ ސާރކިއުލަރގައިވެއެވެ.
މީގެއިތުރުން އެފަދަ މައްސަލަތައް
އިސްތިއުނާފްކުރުމުގެ ހައްގު އޮތް ފަރާތަކުން ތިރީސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ސުޕްރީމްކޯޓްގައި
އިސްތިއުނާފްނުކޮށްފިނަމަ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެ
މައްސަލައެއް ހުށައަޅަންޖެހޭނެކަމަށްވެސް
ސުޕްރީމްކޯޓުން ބުނެއެވެ.
'