ތަރައްްޤީ

ކެޔޮދޫ ސްކޫލުގައި 3 ކްލާސްރޫމާއި، އޮފީސް ޢިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި


ކެޔޮދޫ ސްކޫލުގައި 3 ކްލާސްރޫމާއި، އޮފީސް އިމާރާތެއް އެޅުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޔޮދޫ ސްކޫލުގައި 3 ކްލާސްރޫމާއި އޮފީސް އިމާރާތެއް އެޅުމަށް ޙަވާލުކޮށްފައިވަނީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާހީމެވެ. އަދި ޕެންސާރޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން އަޙްމަދެވެ.

ކެޔޮދޫ ސްކޫލުގައި 3 ކްލާސްރޫމާއި އޮފީސް އިމާރާތެއް އެޅުމަށް ޕެންސާރޭ މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 177 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢަށް ޕީ.އެސް.އައި.ޕީ ބަޖެޓުން 4.4 މިލިއަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުއްމީދަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

340 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ ވ. ކެޔޮދޫ ސްކޫލުގައި ގްރޭޑް 10 އަކާއި ހަމައަށްދަނީ ކިޔަވައިދެމުންނެވެ.