ށ. ފުނަދޫއަށް 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އެކަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހދ. ކުޅުދުއްފުށިން ށ. ފުނަދުއަށް 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމަށް މިއަދު 08:55 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ދޯނިން ދަތުރުކުރީ ދެ ދިވެހިންނާއި ދެ ބިދޭދީންކަމަށާއި، އެ ހުރިހާ އެންމެން ކުޅުދުއްފުއްޓަށް ގެންދިޔަކަމަށެވެ. ނަމަވެސް އެތަނުން އެކެއްގެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އެމީހާ ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާވީ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.