ޚަބަރު

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އޮޓޯ އެޓެންޑަންޓުގެ ޚިދުމަތް ތަޢާރަފްކޮށްފި


ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އޮޓޯ އެޓެންޑެންޓުގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފުކުރުމަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޓޯ އެޓެންޑެންޓުގެ ހިދުމަތް ތައާރަފު ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. ހިދުމަތް ތައާރަފު ކޮށްދެއްވައި އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް، އޮޓޯ އެޓެންޑެންޓުގެ ހިދުމަތާއެކު އަވަސްވެގެން ދިއުމާއި، ފަސޭހަކަމާއެކު ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ދެެއްކެވި ވާހަކަފުޅުގައި، ޓްރެފިކް މެނޭޖްމަންޓުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ތަރައްގީކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އޮޓޯ އެޓެންޑެންޓުގެ ހިދުމަތަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ތައާރަފު ކުރެވިގެންދިޔަ ހިދުމަތެކެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހޮޓްލައިން ނަމްބަރު 3333835 އަށް ގުޅުއްވައި ބޭނުންފުޅުވާ ހިދުމަތެއް ނެންގެވުމުން ފަސޭހަކަމާއެކު ރައްޔިތުންނަށް އަވަސް ހިދުމަތެއް މިހާރު ލިބިގެންދާނެއެވެ.