ވިޔަފާރި

މިދިޔަމަހު އެންމެ ގިނަ ފަތުރުވެރިން ޗުއްޓީއަށް އައިސްތިބީ މާފުށި ކާނި ޕާމް ބީޗުގައި!


މިމަހު ރާއްޖެ އައި އެއްލަކަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ މާފުށީ ކާނި ޕާމް ބީޗު ހޮޓަލުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކާނި ހޮޓެލްސްއިން ބުނީ މިމަހު ރާއްޖެއަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެހޮޓަަލަށް މީގެ ތެރެއިން 1957 މީހުން އައިސްފައިވެއެވެ. މިއީ މިމަހު ފަތުރުވެރިން އައި ޖުމްލަ މިންވަރުގެ %1.95 އެވެ.

މާފުށީގައި ހުޅުވާފައިވާ ކާނި ޕާމްބީޗަކީ ހޮޓަލަކީ ރާއްޖޭގައި ހުޅުވާފައިވާ އެންމެ ބޮޑު ގެސްޓް ހައުސްއެވެ. ކާނި ހޮޓަލުން ވިދާޅުވީ ރާއްޖޭގައި މިވަގުތު 148 ރިސޯޓު އޮޕަރޭޓްކޮށް، 340 ގެސްޓް ހައުސް އަދި 137 ސަފާރީ އުޅަނދު އޮތް އިރު، އެ ގެސްޓްހައުސަށް ގިނަ އަދަދަކަށް ފަތުރުވެރިން އައުމަކީ ލިބޭ އުފަލެއްކަމަށެވެ.

ކާނި ޕާމްބީޗް ހޮޓަލަކީ 253 އެނދާއި އެކު އޮޕަރޭޓް ކުރަމުން އަންނަ ހޮޓަލެކެވެ. ކޯވިޑް-19އަށްފަހު ކާނި ހޮޓެލް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާއިރު މިހާރު ހޮޓަލުގެ އޮކިއުޕެންސީ %75 ގައި ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޔޫރަޕުގައި އޮފީސް ހުޅުވައިގެން އޮޕަރޭޓް ކުރަމުންދާ ކާނި ހޮޓަލުން މިވަގުތު ކޮވިޑް-19 އަށްފަހު އޮޕަރޭޓް ކުރަމުންދަނީ 180 އެނދެވެ.

ކާނި ހޮޓާ ހިންގަމުންދާ މަފުށީގައި ގެސްޓްހައުސްތަކަށް ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ފެށިގެން އައިއިރު ގާތްގަނޑަކަށް 1000 އެނދު ހުުރި މާފުށީގެ ޖުމްލަ އޮކިއުޕެންސީ ހުރީ %75 ގައެވެ.