ޚަބަރު

ކުޑަރިކިލާއި ފިއްލަދޫގައި ހޭންޑްބޯޅަ ކޯޓު އަޅަން ހަވާލުކޮށްފި


  • ކޯޓުތައް އަޅާނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑުން

  • ދެ މަޝްރޫޢުގެ އަގު 3.3 މިލިޔަން ރުފިޔާ

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި އަދި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ދެ ރަށުގައި ވެސް ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ.

ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ.

ދެ އެއްބަސްވުމުގައި ވެސް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.

މި ދެ ރަށުގެ މަސައްކަތްވެސް މެގަލިންކްސްއާ ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ކޮންމެ ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތުގެ ޖުމުލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރިއެވެ.