ޚަބަރު

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ގުޅިގެން މާލެ އާއި އަތޮޅު ތެރޭގެ ހުރިހާ ސްޓޭޝަނެއްގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. އަދި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.

ކޮންމެ އަހަރެއްގައިވެސް ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިނަމަވެސް ކޮވިޑްގެ ހަލާތާ ގުޅިގެން މިއަހަރު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި ދިދަ ވެެރިންނާއެކުއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރެވެ.