ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ރާއްޖޭގެ
ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް
ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ
އިދާރާއިން އިލްތިމާސްކޮށްފި އެވެ.



މޫސުމާބެހޭ
ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް
ގުގުރުމާއެކު ބޯކޮޑް ވާރެވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް  އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށާއި އެހެން ހިސާބުތަކުގައި ގަދަވާނެ ކަމަށް
ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެ އެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް
ސަމާލުކަން ދީގެން ދަތުރުކުރުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެދިވަޑައިގަންފަ އެވެ.

މޫސުމާބެހޭ
އިދާރާއިން ލަފާކުރާ ގޮތުގައި، ހުޅަނގާއި ހުޅަނގު އުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް
ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި އުތުރު
އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން
އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.