ހަތަރު ދުވަސް ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ. 
މޮނިޓަރިންގެ ޙާލަތު އުވާލީ ކޯވިޑް-19އާ ގުޅިގެން މިހާތަނަށް ކުޅުދުއްފުށިން ނެގި ހުރިހާ ސާމްޕަލްއެއްވެސް ނެގެޓިވް ވުމުންނެވެ.  ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން ކުޅުދުއްފުށި މޮނިޓަރިންގއަށްލީ މިމަހު 24ވަނަ ދުވަހުއެވެ.
ކުޅުދުއްފުށި މޮނިޓަރިންއަށްލީ، މިދިޔަ ބުދަ ދުވަހު ކޯވިޑް-19ގެ މިކޭސްތަކެއް ފެނިގެންނެވެ. އެއީ ޅ.ނައިފަރުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔަ ބަލި މީހަހާއި އޭނާގެ ދެ އެހީތެރިން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.