ކުޅިވަރު

ކުޅިވަރުގެ ވަސީލަތްތަކުން ލިބޭ އާމްދަނީ މިނިސްޓްރީއަށް ދޭކަށް ނުޖެހޭ: މަޙްލޫފު


ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށް، އެތަން ތަނުން ލިބޭ އާމްދަނީގެ އެއްވެސް ފައިސާއެއް ޔޫތް މިނިސްޓްރީއަށް ދޭން ނުޖެހޭނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލުހޫލް ވިދާޅުވީ މިސަރުކާރުގެވެސް އެންމެ ބޮޑު އެއް އަމާޒްއަކީ ކުޅިވަރުން އާމްދަނީ ހޯދައިގެން އެސޯސިއޭޝަންތައް ހިންގުންކަމަށެވެ. އަދި މިކަމުގައި ޙަގީގީ ކުލަ ޖެއްސުމުގެ ގޮތުން ހުރިހާ އެސޯސިއޭޝަނަކަށްވެސް މިނިސްޓްރީއިންދަނީ ރަގަނޅު ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްދެމުންނެވެ. މާލޭ ދުވާ ޓްރެކްގައި ސިންތަޓިކް އަޅާފައިވާއިރު، މާލޭގައި ސްވިމިންގް ޕޫލްއެއް އެޅުމަށް އެބިން 50 އަހަރަށް ސްވިމިންގް އެސޯސިއޭޝަންއާއިވަނީ ހާވަލްކޮށްފައެވެ. އަދި ހުޅުމާލޭގައި ޓެނިސް ކޯޓުތަކެއް އެޅުމަށް އެބިންވެސް ވަނީ 50 އަހަރަށް ޓެނިސް އެސޯސިއޭޝަންއާއި ހަވާލުކޮށްފައެވެ. މީގެ އިތުރުވެސް 10 ކޯޓްގެ ބެޑްމިންޓަން ފެސިލިޓީއެއް އަޅަން، ބެޑްމިންޓަން އެސޯސިއޭޝަނާގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުއެވެ. މިނިސްޓަރ ވިދާޅުވީ މިހުރިހާތަނަކުންވެސް އެސޯސިއޭޝަންތަކަށް މާލީ ގޮތުން ފައިދާކުރާނެކަމަށާއި އުއްމީދަކީ އެސޯސިއޭޝަންތަކުން ޔޫތް މިނިސްޓްރީއަށް ބަރޯސާނުވެ މަސައްކަތް ކުރާ ދުވަސް ފެނުންކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ދެތުވުމަށް އެހީތެރިންކަން ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް އަބަދުވެސް ވަރަށް ބާރަށް ކުރާ މަސައްކަތެކެވެ. އެގޮތުން އެކި ސަރުކާރުތަކުން އެކި މިންވަރަށް އެސޯސިއޭޝަންތަކުން އެހީތެރިކަންވެސް ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ. އެސޯސިއޭޝަންތަކުންވެސް އަމިއްލަ ފައިމައްޗަށް ދެތުވުމަށް އެކި މަސައްކަތް ކުރާކަންވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިނިސްޓްރީއިން ދޭ ބަޖެޓުން މުބާރާތްތަކާއި، ވައިޑީޕީ ޕްރޮގްރާމްތަކާއި އަތޮޅު ތެރޭގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކޮށްފަ، ބަޖެޓް މަދުކަން އަބަދުވެސް އެސޯސިއޭޝަންތަކުން ފާހަގަކުރެއެވެ.