ޚަބަރު

ކޯވިޑް-19 : ހުރައިން މިއަދު 25މީހުން ޕޮޒިޓިވްވެއްޖެ


މާލެއަތޮޅު ހުރައިން އިތުރު 25މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެޖެއެވެ.

ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެން ހުރާ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އަންގާރަދުވަހުއެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ އާދިއްތަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް އައި ބަލި މީހެކެވެ. މި މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ މާލެ ގެނެސް ޓެސްޓު ހެދުމުންނެވެ.

މި ކޭސްއާ ގުޅިގެން ހުރާ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ. މިހާރުވަނީ ރަށަށް މީހުން އަރާ ފޭބުން މަނާކޮށްފައެވެ. ހެޗްޕީއޭއާއި ހުރާގެ ހެލްތް ސެންޓަރު ގުޅިގެން ދަނީ ކޮންޓެކްޓުންގެ ސާމްޕަލް ނެގުމާއި ރަށު ތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ހުރާ ސިއްޙީ މަރުކަޒުން ވިދާޅުވި ރަށުން ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން ހެދި ޓެސްޓްތަކުން، 2 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދިރެންޑަމް ސާމްޕަލެއްވެސް ޕޮޒިޓިވްވެފައިވާކަމަށް ވިދާޅުވިއެވެ. މިއަދު ނެގި ސާމްޕަލްތަކުން އިތުރު 25މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 28އަށް އަރާފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުން ޓެސްޓުކުރުމާއި ރަށުތެރެއިން އިތުރަށް ރެންޑަމް ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.