ވިޔަފާރި

"އީޒް އޮފް ޑުއިން ބިޒްނަސް" ގައި ރާއްޖެ 3 ދަރަޖަ ފަހަތަށް


ވިޔަފާރިތައް ހިންގުމަށް ފަސޭހަ މާހައުލެއް
އޮންނަވަރު ވަޒަންކުރާ ވޯލްޑް ބޭންކްގެ އިންޑެކްސް، "އީޒް އޮފް ޑުއިން
ބިޒްނަސް"ގައި ރާއްޖެ 3 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.



ވިޔަފާރިތައް ހިންގަން ފަސޭހަވާނެ ދިހަ
ކަމެއްގެ މައްޗަށް ބަލައި 189 ގައުމެއްގެ އިގްތިސާދު ދިރާސާކުރުމަށް ފަހު ވޯލްޑް
ބޭންކުން އެކުލަވާލާ މި އިންޑެކްސްގައި 2015 ވަނަ އަހަރު ރާއްޖެ އަށް ލިބިފައިވަނީ 125 ވަނަ ދަރަޖައެވެ. ނަމަވެސް 2016ވަނަ
އަހަރުގެ ރޭންކިންގައި ރާއްޖޭގެ ދަރަޖަ ވަނީ 128 ވަނަ އަށް ވެއްޓިފައެވެ. އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ބަލައި
ކަންތައްތަކުގެ ތެރެއިން ވިޔަފާރިއެއް ފެށުމުގައި ރާއްޖޭގެ ރޭންކް ވަނީ 1 ދަރަޖަ ފަހަތަށް ޖެހި 48 ވެއްޓިފައެވެ.



ކަރަންޓް ލިބުމުގައި ރާއްޖެ 1 ދަރަޖަ ކުރިއަށް
ޖެހި 141 އަރާފައިވާ އިރު ވިޔަފާރިތަކަށް ލޯނު ހޯދުމުގައި ރާއްޖޭގެ ދަރަޖަ  126 އަށް ވަނީ ވެއްޓިފައެވެ. އިންވެސްޓަރުން ހިމާޔަތްކުރުމުގައި ރާއްޖެ 1
ދަރަޖަ ފަހަތަށް ޖެހި، 134އަރާފައިވާ އިރު މިދިޔަ އަހަރުގެ ރޭންކިންގައި ރާއްޖެ
އައިސްފައިވަނީ 133 ވަނައަށެވެ. ޓެކްސް ދެއްކުމުގެ ކަންތައްތަކުގައި ރާއްޖެ 4
ދަރަޖަ ކުރިއަށް ޖެހި 128 ވަނީ އަރާފައި، ކޮންޓްރެކްޓުތަކަށް އަމަލު ކުރުމާއި ވިޔަފާރި ކުރުމަށް
ހުރި ހުރަސްތައް ނައްތާލުމުގައި ރާއްޖޭގެ ދަރަޖައަށް އެއްވެސް ބަދަލެއް
އައިސްފައެއް ނުވެއެވެ. "އީޒް އޮފް ޑުއިން
ބިޒްނަސް" އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ސިންގަޕޫރު، ދެވަނައަށް ނިއު
ޒިލޭންޑް އައިސްފައިވާ އިރު ތިންވަނަ އަށް އައިސްފައިވަނީ ޑެންމާރކެވެ.