ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް-19އަށް ފަރުވާދެމުން ދަނިކޮށް އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ. ނިޔާވީ ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަތުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުދެމުން ދިޔަ މީހެކެވެ. މި މީހާ ނިޔާވީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

މިއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 65އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ނިޔާވެފައިވަނީ 57 ދިވަހިންނާ 8 ބިދޭސީންނެވެ. މި ބަލީގައި އެންމެ ފަހުން ރާއްޖޭގައި މީހަކު ނިޔާވީ މިމަހުގެ 4ވަނަ ދުވަހުއެވެ. އެދުވަހުވެސް ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެއީ ޢުމުން 78އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނިމުނު ޑިސެމްބަރުމަހު މި ބަލީގަ 11މީހުންވަނީ ނިޔާވެފައެވެ. މިމަހުގެ މިހާތަނަށް 3މީހުން ވަނީ ނިޔާވެފައެވެ.