ޚަބަރު

ރާއްޖެއިން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް ބަންގްލަދޭޝް ސަރުކާރުގެ ތަޢުރީފް

ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިސްނަގައިގެން ހިންގާ ރެގިއުލަރައިޒޭޝަން ޕުރޮގުރާމަށް ބަންގްލަދޭޝްދެ ފޮރިންގ މިނިސްޓަރ ތަޢުރީފުކުރައްވައިފިއެވެ.

ރާއްގޭގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމަށް ބަންގްލަދޭޝުން ތައުރީފުކޮށްފައިވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ ޢަބްދުލް މޮމެން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގުތެރެއިންނެވެ.

ބަންގްލަދޭޝްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލުގައި ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝަގް ފޮރިން މިނިސްޓަރުވަނީ ދެ ޤައުމުގައި އޮތް ގުޅުން ބަދަހިކުރުމަށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޑރ. އޭ.ކޭ ޢަބްދުލް މޮމެންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، މިފަދަ ދަތި ހާލަތެއްގައި ޤައުމެއްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ބަންގްލަދޭޝައަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވި ފުރަތަމަ އިސްވެރިޔާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދޭހަވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވާ އިތުބާރުކަމަށްވެސް ޑރ. އޭ.ކޭ ޢަބްދުލް މޮމެންވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސްވަނީ ތަރައްޤީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށާއި، ޚާއްސަ ގޮތެއްގައި އިންސާނީ ވަޞީލަތް ތަރައްޤީކޮށް، ބައިނަލްއަޤުވާމީ މަސްރަހުގައި އެކުގައި މަސައްކަތްކުރުމާއި ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.
.
މީގެ އިތުރުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ޞައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އަމިއްލައަށް އެދިގެން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިސް ނަގައިގެން ހިންގާ ޕުރޮގުރާމުގެ މުހިއްމުކަން ފާހަގަކުރައްވައި އެކަމަށް ތައުރީފުކުރައްވާފައވެެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސްވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ރައްކާތެރިކަން މި ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ ރައްޔިތުނަށް، ބިދޭސީންވެސް ހިމެނޭގޮތައް، ހިލޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ދެމުންގެންދަވާނެކަމުގެ ތަކުރާރުކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްސަކޮށް ކޯވިޑް-19އާ ގުޅިގެން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ކޯވިޑް-19ގެ މި ހާލަތަކީ ހުރިހާ ޤައުމަކަށްވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ އެހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތް ފުރިހަމަކަމާ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރި ކުރެއްވި މަސައްކަތަކަށްވެސް ރައީސްވަނީ ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.