ކުޅިވަރު

ރޫނީ ޖަހައިދިން ގޯލުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ


ފަހު ހާފްގައި ކެޕްޓަން ވޭން ރޫނީ ކާމިޔާބުކުރި ހަމައެކަނި ގޯލުން ސީއެސްކޭ މޮސްކޯ ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑް ޗެމްޕިއަންސް ލީގް ގްރޫޕް ބީގެ އެއްވަނައަށް ޖެހިލައިފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރޭ ސީއެސްކޭ މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗް އެކެއް ސުމަކުން ޔުނައިޓެޑް ކާމިޔާބުކުރިއިރު، މެޗުގައި ޔުނައިޓެޑްގެ ސަޕޯޓަރުންވަނީ ކޯޗް ވެން ޚާލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޓިއަލް ބަދަލުކުރި ހިސާބުން ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުމުގެ އަޑު ގަދަ ވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.މެޗަށްފަހު ކޯޗް ވެން ޚާލް ބުނީ، މެޗުން މުހިންމުވީ ތިން ޕޮއިންޓްކަމަށާއި، ހަނި ތަފާތަކުން މޮޅުވިޔަސް އެކަމާއިމެދު ނުވިސްނާކަމަށެވެ. ސަޕޯޓަރުންގެ އަޑު އޭނާއަށް އިވޭކަމަށާއި، މެޗުތަކުން މޮޅުވާކަމުގައިވާނަމަ ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބުލިބެމުންދާނެކަމަށެވެ. "ބީރު ނޫން މީހެއް ވިއްޔާ ސަޕޯޓަރުންގެ އަޑު އިވޭނެ. އަހަންނަށްވެސް އިވުނު. އެކަމަކު މެޗުން މޮޅުވީމަ ސަޕޯޓަރުން ހަމަ ޔަގީނުންވެސް ހިތްހަމަ ޖެހޭނެ. ސަޕޯޓަރުންގެ ޝަކުވާތަކަށް ކުރިއަށް ހުރި ދުވަސްތަކުގައި ޖަވާބު ލިބޭނެ" ވެން ޚާލް ބުންޏެވެ.ރޭގެ މެޗުގައި ވޭން ރޫނީ ޖެހި ގޯލާއިއެކު އޭނާވަނީ ޔުނައިޓެޑަށް މިހާތަނަށް އެންމެ ގިނައިން ގޯލް ޖަހައިދިން ޑެނިސް ލޯ ގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް މިހާތަނަށްވަނީ 237 ގޯލް ޔުނައިޓެޑަށް ޖަހާދީފައެވެ.ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:ގްރޫޕް އޭރިއާލް މެޑްރިޑް 1-0 ޕީއެސްޖީޝަޚްތަރު ޑޮނެސްކް 4-0 މަލްމޯ އެފްއެފްގްރޫޕް ބީމެންޗެސްޓަރ ޔުނައިޓެޑް 1-0 ސީއެސްކޭ މޮސްކޯޕީއެސްވީ 2-0 ވުލްފްސްބާގްގްރޫޕް ސީއެސަތަނާ 0-0 އެތްލެޓިކޯ މެޑްރިޑްބެންފީކަ 2-1 ގެލެޓަސަރާއީގްރޫޕް ޑީބޮރޫޝިއާ މޮންޚެންގްލެޚްބާ 1-1 ޔުވެންޓަސްސެވިއްޔާ 1-3 މެންޗެސްޓަރ ސިޓީ