ޚަބަރު

އޯޓިޒަމްގެ އުނދަގޫ ތަޙައްމަލުކުރަމުން، އުމުރުން އެންމެ 9 އަހަރުގައި ހާފިޒަކަށް


މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރެއްކަމަށްވާ ޢުމުރުން އެންމެ 9 އަހަރު މުޙައްމަދު އަޝްހަމް ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ.

އޮޓިޒަމްގެ އުނދަގޫ ތަޙަންމަލުކުރަމުންދާ މުހައްމަދު އަޝްހަމް ޢަލީ، ކީތިރި ޤުރުއާން ހިތުދަސްތޯ ބެލުމަށްޓަކައި ކީރިތި ގުރުއާނާއިބެހޭ ޤައުމީ މަރުކަޒުގެ އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020އިން 18 ފެބްރުއަރީ 2021އަށެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގަކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަޝްހަމް ހޯދި މިކާމިޔާބާ ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވަނީ އަޝްހަމަށާއި، އަޝްހަމްގެ ޢާއިލާއަށް މަރުޙަބާ ކިޔާފައެވެ.

"މާޝާالله. ތިހޯދި މަތިވެރި ކާމިޔާބީއަށް އަޝްހަމް އަދި ބެލެނިވެރިންނަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވަމުން، އަދި އަޝްހަމްގެ މި ކާމިޔާބީއަށް ވާސިލުވުމަށް އެހީތެރިވެދެއްވި ފަރާތްތައް ޝާމިލްކޮށް އެފަރާތްތަކަށް މަރުހަބާ އާއި ޝުކުދަންނަވަން. އަދި މިފުރުޞަތުގައި އަޝްހަމް ގެ ތެރަޕީ ސެޝަންތައް ސްޕޮންސަރ ކޮށްދެއްވާ ސައޫދީ އެމްބަސީއަށް ވަކިން ޚާއްސަ ޝުކުރެއް ދަންނަވަން." - އެ އެސޯސިއޭޝަންއިން ބުނެފައި ވެއެވެ.

އޯޓިޒަމް ސެންޓަރުންވަނީ އަޝްހަމަށް ލިބުނު ހާފިޒް ކަމުގެ ސަނަދުގެ ސެޓްފިކެޓްވެސް ސޯސަލް މީޑިއާގައި އާއްމު ކޮށްފައެވެ.

އަޝްހަމްގެ އާއިލާން ބުނީ އަޝްހަމް އަކީ އެންމެ ކުޑައިރުއްސުރެއްވެސް ޤްރުޢާނަށް ލޯބިކުރާ ޤްރުޢާން ކިޔަވާހިތްވާ ކުއްޖެއްކަމަށެވެ. އާއިލާގެ އެހީތެރިކަމާއެކު އަޝްހަމް ހާފިޒު ކަމުގެ ސަނަދު ނެގުމަށް މަސައްކަތް ފަށައިގަތީ އުމުރުން ފަސް އަހަރުގައިކަމަށް އެނާގެ އާއިލާއިން ބުނެއެވެ.

އަޝްހަމަކީ އޯޓިޒަމް އަދި އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްއޭޑީ) ހުންނަ ކުއްޖެކެވެ.

ާަާަުއަލީ ރަމީޒު

މަރުހަބާ