އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 127 ޕޮއިންޓް 101 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދިން ރަސެލް ވެސްޓްވުޑްއެވެ.
މިމުބާރާތުގައި ޑެންވަރ ނަގެޓްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 102 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ ނަގެސްޓްސްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްއަށް އެންމެ ރަނގަޅަށް ކުޅުނީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނެގި ނިކޮލާ ޔޮކިޗްއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅަށް ކުޅުނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ދިން ޖޯ މޮރާންޓްއެވެ. މީގެއިތުރުން ނިއުއޯލިއަންސް ޕެލިކަންސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 82 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. މިމެޗްގައި ޕެލިކަންސްގެ ބްރެންޑަން އިންގްރާމް ވަނީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީފައެވެ. އަދި ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 19 ޕޮއިންޓް ހޯދައިދިން ކޮލިން ސެކްސްޓަންއެވެ.