އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް، ހުއްދަނެތި މާލެއިން ވ. އަންބަރާއަށް ދަތުރުކުރި 95 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ޖޫރިމަނާކުރި އެ 95 މީހުންނަކީވެސް މާލެއިން ދަތުރުކުރުމުގެ ކުރިން އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ދަތުރުކުރި މީހުންކަމަށެވެ.
މީގެ އިތުރުން އެމީހުން ދަތުރުކުރި އުޅަނދަށް މީހުން އަރުވާފައިވަނީ އެއުޅަނދަށް ކަނޑައަޅާފައިވާ ޖާގައަށްވުރެ އިތުރަށްކަމަށާއި، މިމައްސަލަ އިތުރަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
We urge and remind everyone to adhere to HPA guidelines and help stop the spread of COVID-19
— Maldives Police (@PoliceMv) March 12, 2021
2/2
ފުލުހުންވަނީ ކޯވިޑް-19 ފެތުރުން މަދުކުރުމައްޓަކައި ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.