ވިޔަފާރި

އަމާނާ ތަކަފުލްއިން އެކުންފުނީގެ މޯބައިލް އެޕްއެއް ތައާރަފްކޮށްފި


ކަސްޓަމަރުންނަށް ފައްސޭހަކަމާއި އެކު ޙިދުމަތްތައް
ފޯރުކޮށްދިނުމަށްޓަކައި އަމާނާ ތަކަފުލް އިން އެކުންފުނީގެ މޯބައިލް އެޕްލިކޭޝަންއެއް ތައާރަފްކޮށްފިއެވެ.



މި އެޕްލިކޭޝަން އާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އަމާނާ
ތަކާފުލްގެ ސީނިއާ އެގްޒެކެޓިވް
ބިޒްނަސް ޑިވެލޮޕްމަންޓު، އަހުމަދު ޝަމޫލް އަބްދުﷲ
ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ދޭ ހުރިހާ ޙިދުމަތްތަކެއް
ލިބޭނެ ކަމަށެވެ.



އެޕަލްގެ
އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭސްޓޯރުން މިހާރު ހިލޭ ޑައުންލޯޑު ކުރެވޭ މި
އެޕްލިކޭޝަނަކީ ރާއްޖޭގައި އިންޝުއަރެންސް ކުންފުންޏަކުން އެޕްލިކޭޝަނެއް
ތައާރަފްކުރި ފުރަތަމަ ފަހަރެވެ.