ޚަބަރު

ހއ.އަތޮޅުން ޅ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި


ހއ. އަތޮޅުން ފެށިގެން ޅ.އަތޮޅަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ.އަތޮޅުން ޅ.އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި އަދި ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވާނެކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް އެއިދާރާއިން މަޢުލޫމާތުދެއްވައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން
ކަނޑު ދަތުރުކުރާ ހުރިހާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވިދާޅުވެއެވެ.