ޚަބަރު

އއ.މާޅޮހުގައި ހާއްސަ އެޙީއަށް ބޭނުންވާ ކުޑަކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ


އއ. މާޅޮހުގައި ހާއްސަ އެޙީއަށް ބޭނުންވާ ކުޑަ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ހިނގި މިހާދިސާގައި މަރުވެފައިވަނީ 12 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެކުއްޖާ މަރުވީ އާއިލާއާއެކު އެރަށުގެ ދެކުނު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށްކަމަށާއި އެ ކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އެކުއްޖާ ނުފެނިގެން ހޯދަމުންދަނިކޮށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު މިއަދު ހަވީރު 5:00 ހާއިރު ލިބިފައިވާކަމަށާއި، މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.