ޚަބަރު

މަސް ފެން ގަނޑަކަށް ކުޑަ ކުއްޖަކު ވެއްޓި، އައިސީޔޫގަ ފަރުވާދެނީ


ކުޑަ ކުއްޖަކު، މަސް ފެންގަނޑަކަށް ވެއްޓިގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި މަސް ފެންގަނޑަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ 1 އަހަރާއި 4 މަހުގެ އަންހެން ކުއްޖެކެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އެކުއްޖާ ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށާއި ޓެސްޓް ތައް ހެދުމަށް މިހާރުވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭނާރާ ކަމަށާއި ނަމަވެސް މިހާރު މިހާރު ކުއްޖާ ހޭއަރާފައިވާ ކަމަށް ހޮސްޕޓަލުން މަޢުލޫމާތުދެއްވައެވެ. ކުއްޖާގެ ހާލަތު އިތުރަން އެނގޭނީ ޓެސްޓްތައް ހެދުމުން ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މިދިޔަ އަހަރުވެސް ދެކުނުގެ ދެރަށެއްގައި ކުޑަދެކުއްޖަކު މަސް ފެންގަނޑަކަށްވެއްޓި ހާލުސީރިއަސްވެގެން ފަރުވާދީފައިވެއެވެ.