ވިޔަފާރި

އެމްޓީޑީސީ އަހަރީ އާންމު ޖަލްސާ މިމަހުގެ 10 ވަނަ ދުވަހު


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 10 ވަނަ
ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.



އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި
އޮތް އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ އެ ދުވަހު ބޭއްވިފައި ނުވަނީ ދިމާވި
ސަބަބަކާއި ހުރެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.



އެމްޓީޑީސީން ބުނެފައިވަނީ އެކުންފުނީގެ
އަހަރީ އާއްމު ޖަލްސާ އޮންނާނީ ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭ 9:00 ގައި އިސްލާމީ
މަރުކަޒުގައި ކަމަށެވެ.



މި ޖަލްސާގައި ހިއްސާދާރުންނަށް
ބަހާނެ ފައިދާ އާއި ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ
ހުށަހެޅުމާއި މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ.



ޕަބްލިކް ލިމިޓެޑް
ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާއްމު ޖަލްސާ މިއަހަރު ބާއްވާފައި
ނުވަނީ ހަމައެކަނި އެމްޓީޑީސީންކަން ފާހަގަކޮށްލެވެއެވެ.