ޚަބަރު

ތަހްޤީޤަށް ބޭނުންވާ 8 މީހަކު އުޅެނީ ފިލައިގެން- އެން.އައި.ސީ


ރައީސުލްޖުމްހޫރިއްޔާގެ
ލޯންޗުކޮޅަށް ހަމަލާދިން މައްސަލައިގެ ތަހްޤީޤަށް ބޭނުންވާ 8 މީހަކު
ފިލައިގެން އުޅޭކަމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކޮށްފިއެވެ.

ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮވާލި
ހާދިސާ ތަހްގީގްކުރުމަށް އެކުލަވާލާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އެ
މައްސަލައާއި ގުޅިގެން ހޯދަން އުލާންކުރި އަށް މީހުންނަކީ މ ސެސްނާ މުހައްމަދު
އައްލާމް އަބްދުލް ލަތީފްއާއި،  ގ
އޮއިވާލި  މުހައްމަދު ހުސެއިންއާއި، ހއ
މުރައިދޫ ވައިޖެހޭގެ މުހައްމަދު ވިޝާމްއާއި، ހ އައިދަ މުހައްމަދު އަސީލް
މުހައްމަދާއި، ޅ ހިންނަވަރު ނައިލޯންގެ އަހްމަދު އަޝްރަފްއާއި މ ލޭންޑް އޮފް
ގާރޑަން އަހްމަދު އީޝްފާހް އަލީ އާއި ހ ރަންވިލާގޭ ހުސެއިން ޝިނާންއާއި ކ ދިއްފުށި
ރަތް ބަގީޗާގޭ އަހްމަދު ފާތިހްއެވެ.



ނޫސްވެރިންނަށް މައުލޫމާތު ދެއްއްމުން
ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯރ ޗެއަރ 
އަދި ހޯމް މިނިސްޓާރ އުމަރު ނަސީރް ވިދާޅުވީ މި އަށް މީހުން ތިބީ
ރާއްޖެއިން ބޭރުގައި އަވަށްޓެރި ގައުމެއްގައި ކަމަށެވެ. މި އެންމެނަކީވެސް ރިޔާސީ
ލޯންޗްކޮޅުގައި ބޮން  ގޮއްވާލި
ގޮއްވާލުމާއި ގުޅިގެން މިހާތަނަށް ފެންމަ ތިވި ހުރިހާ މައްސަލައަކާއި ގުޅިގެން
ހޯދަމުން އަންނަ މީހުންކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. މި އަށްމީހުންނަކީ
ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި
ފިލައިގެން އުޅޭބައެއްކަމަށާއި އެމީހުން ތިބިތާކުން މިހާރުން މިހާރަށް
ރާއްޖެއައިސް ފުލުހުންނާއި ހަވާލްވުމަށް އެމީހުންނާއި އެމީހުންގެ އާއިލާއަށް
ގޮވާލައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނޫން އިންޓަރޕޯލް މެދުވެރިކޮށް
އެމީހުން ހައްޔަރުކުރުމުގެ އަމުރު ނެރެވޭނެކަމަށްވެސް ވިދާޅުވިއެވެ.



ލޯންޗްކޮޅުގައި ބޮން
ގޮއްވާލި މައްސަލައާއި ގުޅިގެން ހޯދަމުން ގެންދާ މި އަށްމީހުންނަކީ   ނައިބް ރައީސް އަހްމަދު އަދީބާއި
ގާތްގުޅުންތަކެއް އޮންނަ މީހުންކަމަށް އުމަރު ނަސީރް ވިދާޅުވިއެވެ. އަދި މީގެތެރެއިން
ބައެއް މީހުންނަކީ މިހާރުވެސް ނައިބް ރާއިސްއާއި އެކު ތިބިކަން ހާމަކޮށް ސޯޝަލް
މީޑިއާގައި ނައިބް ރައީސްގެ ދިފާއުގައި އެކި ވާހަކަތައް ދައްކަމުން އަންނަ
މީހުންކަމަށްވެސް ވިދާޅުވިއެވެ.



މި މައްސަލާގައި މިހާތަނަށް ހައްޔަރު
ކުރި މީހުންގެ ތެރޭގައި މުޅިންހެންވެސް ހިމެނެނީ ނައިބް ރައީސް އަހްމަދު އަދީބާއި
ގާތްގުޅުންތަކެއް އޮންނަ ފަރާތްތަކެވެ. މިގޮތުން  
އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ 
އަބްދުﷲ ޒިޔަތާއި، އަދީބްގެ ޅިޔަނެއް ކަމުގައިވާ ހާމިދު އިސްމާއިލް ހިމެނެއެވެ. ހާމިދު ހައްޔަރުކޮށްފައިވަނީ ރާއްޖެ އަންނަން އެންގުމުން ނައިސް މެލޭޝީޔާދޫކޮށް
އޮސްޓްރޭލިޔާއަށް ފުރަން ޓިކެޓްވެސް ނަގާފައިވަނިކޮށް މެލޭޝިޔާގެ ފުލުހުންގެ އެހީގައިކަމަށް
ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 



މީގެއިތުރުން ނައިބް ރައީސްގެ ދެ
ބޮޑީގާރޑަކާއި ސިފައިންގެ އިންޓެލިޖަންސްގެ ކުރީގެ ވެރިޔާ އާއި  ގޮވާތަކެތި ނައްތާލުމުގައި މަސައްކަތްކުރާ
ސިފައިންގެ ޓީމްގައި ހިމެނޭ އިސް ދެ މުވައްޒަފަކު މިހާރުވެސް ސިފައިންގެ ގޭގައި
ބަންދުކުރެވިފައިވާކަމަށް ވިދާޅުވެފައިވެއެވެ.



ރިޔާސީ ލޯންޗްގައި  ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލާގައި އަށް
މީހުން ހޯދަމުން އަންނަ އިރު މި މައްސަލާއާއި ގުޅިގެން މިހާރުވެސް ހަތް މީހަކު
ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.