ވިޔަފާރި

3ވަނަ ކުއަރޓަރގައި އެސްޓީއޯއަށް 71.7 މިލިއަން ރުފިޔާ


އެސްޓީއޯއަށް
މިއަހަރުގެ ތިންވަނަ ކުއަރޓަރގައި ސާފު ފައިދާގެ ގޮތުގައ 71.7 މިލިއަން ރުފިޔާ
ލިބިއްޖެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއަރޓަރގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި
ލިބުނު 103.3 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު %30 ދަށް އަދަދެކެވެ.



ސަރުކާރާއި ރައްޔިތުން ހިއްސާވާ
ކުންފުނި، އެސްޓީއޯއިން އާއްމުކޮށްފައިވާ
މިއަހަރުގެ ތިންވަނަ ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ
ކުއަރޓަރގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ
ލިބިފައި، އަދި ކުންފުނި ހިންގައިގެން 116.4 މިލިއަން ރުފިޔާގެ ފައިދާއެއް އެސްޓީއޯއަށް
ވަނީ ލިބިފައެވެ. މި އަދަދުތަކަކީ މިއަހަރުގެ ދެވަނަ ކުއަރޓަރގައި ލިބުނު ފައިދާގެ އަދަދުތަކާއި
އަޅާ ބަލާއިރު ދަށް އަދަދު ތަކެއް ކަން ފާހަގަކޮށްލެވެއެވެ.



އަދި ދެވަނަ ކުއަރޓަރ އާއި އަޅާ
ބަލާއިރު ތިންވަނަ ކުއަރޓަރގައި ކުންފުނީގެ ހަރަދުތައްވެސްވަނީ އިތުރުވެފައެވެ.
އެގޮތުން ވިޔަފާރި ހިންގުމަށް އެ ކުއަރޓަރުގައިވަނީ 1.2 ބިލިއަން ރުފިޔާ
ހަރަދުކޮށްފައެވެ.  



 އެސްޓީއޯ އަށް މިއަހަރުގެ ތިންވަަނަ ކުއާޓަރުގައި
ލިބުނު ފައިދާއާއި އެކު ހިއްސާއަކަށް ޖެހޭނީ 63.7 ރުފިޔާއެވެ.