ޚަބަރު

ކޯވިޑް-19 : އަނެއްކާވެސް ކޮޅުފުށި މޮނިޓަރިންއަށް


ކޮޅުފުށިން ނެގި ރެންޑަމް ސާމްޕަލްއެއް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މ.ކޮޅުފުށި މޮނިޓަރިންގެ ޙަލަތަށް ގެނެފިއެވެ. މިއީ ކޮޅުފުށި މޮނިޓަރިންއަށްލީ 2ވަނަ ފަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލުން ވިދާޅުވީ ކުރިން ރަށުން ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން، ރަށުތެރޭގެ ޙާލަތު ދެނެގަތުމަށް އިތުރު ސާމްޕަލް ޓެސްޓުކުރަމުން ދާކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހާއަކީ ރެންޑަމްކޮށް ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވިކަން އެނގުނު މީހެއްކަމަށެވެ.

ކޮޅުފުށި ފުރަތަމަ މޮނިޓަރިންއަށްލީ މިދިޔަ މަހުގެ 24ވަނަ ދުވަހު ފެނުނު ކޭއަކާ ގުޅިގެންނެވެ. މިއާ ގުޅިގެން އުފެދުނު ކްލަސްޓަރ ގައި 34 ކޭސް އެރަށުން ފެނުނެވެ. ނަމަވެސް މިމަހުގެ 10ވަނަ ދުވަހު މޮނިޓަރިންގެ ޙާލަތު އުވާލީ ރަށުން ގިނަ ސާމްޕަލްތަކެއް ނެގުމަށްފަހު ނެގެޓިވްވުމާ ގުޅިގެންނެވެ.

10 ދުވަސްފަހުން އަނެއްކާވެސް ކޭސްއެއްފެނި ރަށް މޮނިޓަރިންއަށްލައި އެރަށަށް އަރާ ފޭބުން އެޗްޕީއޭއިންވަނީ މިހާރު މަނާކޮށްފައެވެ. ކޮޅުފުށީން ކޯވިޑް-19ގެ ބޮޑު ކްލަސްޓަރއެއް ފެނުނީ ރަށުގައިގައި އުޅުމަށްފަހު މާލެ އައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ބެލިބެލުމުންނެވެ.