ޚަބަރު

އަދީބުގެ އަރިސް މީހެއްކަމަށްވާ ހާމިދު އިސްމާއިލް ހައްޔަރުކޮށްފި


ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް ބޭފުޅެއްކަމަށްވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހާމިދު އިސްމާއިލް ހައްޔަރުކޮށްފިއެވެ. 

ކޯޓު އަމުރެއްގެ ދަށުން، މ.
ޝުރާ މަންޒިލް ޙާމިދު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މެލޭޝިއާ
އެއަރޕޯޓުންނެވެ. 

ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ދިވެހި
ފުލުހުންނާ މެލޭޝިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މެލޭޝިއާ އެއާރޕޯޓުން
ހާމިދު  މިއަދު ހައްޔަރު ކޮށްފައިވާ
ކަމަށާއި، އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.  

އެހެންނަމަވެސް ހާމިދު ހައްޔަރުކުރީ ކޮން
މައްސަލައަކާ ގުޅިގެންކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

 ފުލހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މި މަހުގެ
16 ވަނަ ދުވަހުރޭ ވަނީ، ހާމިދުގެ ގެ ބަލާ ފާސްކޮށް އެގެއިން ތަހުގީގަށް ބޭނުންވާ
ބައެއް ތަކެތިވެސް ވަނީ ގެންގޮސްފައެވެ.