ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅުމުގެ ސަބަބުން ރާއްޖެއިން ޑީޕޯޓުކޮށްލުމަށް ބަންދުކޮށްފައި ހުރި ބިދޭސީއަކު ފިލައިފިއެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ، އަސަނަރ ނަމަކަށްކިޔާ ޢުމުރުން 32 އަހަރު މިފިރިހެން މީހާ ފިލާފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތުދެއްވާގޮތުގައި އޭނާ ފިލީ މިރޭ 7:30 އެހައިކަންހާއިރުއެވެ. އެހެންނަމަވެސް އޭނާއަށް ފިލުނީ ކިހިނެއް ކޮންގޮތަކަށްކަމެއް ކަރެކްޝަނަލް ސާވިސްއިން ހާމައެއް ނުކުރައްވައެވެ.
މިމީހާއަކީ ރާއްޖެ އިން ޑީޕޯޓުކޮށްލަން ނިންމައި ޑީޕޯޓުކޮށްލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ މީހެކެވެ.
މިމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން ކުރަމުންދާކަމަށް މަޢުލޫމާތުލިބެއެވެ.
އަބްދުالله
ތިޔަ ސެންޓްރުގެ ސިކިއުރިޓީގަ ތިބިބަޔަކު ޒިންމާ ނަގަން ޖެހޭނެ. އެމީހުންނާ ސުވާލުކޮށް މައްސަލަ ބަލަން ޖެހޭނެ. .އެތަނުން ނުކުމެވިގެން ނުވާނެ، އެތަން ހިންގުމުގައި ދޯދިޔައީ ނޫނީ ކޮރަޕްޓް ވެފައޮތީ..