އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ސެކްރެމެންޓޯ ކިންގްސް އާއި ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރިމެޗް ސެކްރެމެންޓޯ ކިންގްސް ކާމިޔާބުކޮށްފިއެވެ. ކިންގްސް މި މެޗު ކާމިޔާބުކުރީ 113 ޕޮއިންޓް 110 ޕޮއިންޓުންނެވެ. މިމެޗްގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް އެޓީމަށް ހޯދައިދިން ޑި އާރޮން ފޮކްސްއެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދިން ލޮއު ވިލިއަމްސްއެވެ.
މި މުބާރާތުގައި ޔޫޓާ ޖޭޒް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ޕޭސަރސް ކާމިޔާބުކުރީ 103 ޕޮއިންޓް 95 ޕޮއިންޓުންނެވެ.
މިއީ ވޭތިވެދިޔަ 16 މެޗްގެތެރެއިން ޖޭޒް ކާމިޔާބުކުރި 15 ވަނަ މެޗެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ކޮށް 9 ރީބައުންޑް ނެގި ޑޮނޮވަން މިޝޭލްއެވެ. އަދި ބޯޖާން ބޮގްޑަނޮވިޗްވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް އެޓީމަށް ހޯދައިދިން ޑޮމަންޓާސް ސަބޮނިސްއެވެ.
މީގެއިތުރުން ފީނިކްސް ސަންސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 100 ޕޮއިންޓް 91 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. އަދި މައޭމީ ހީޓް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ.