ޚަބަރު

އޮޑިޓަރ ޖެނަރަލްގެ އޮފީހަށް 46 މިލިއަން ރުފިޔާގެ ބަޖެޓެއް!


އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
އަންނަ އަހަރަށް ސާޅީސް ހަ މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

 މީ މިއަހަރަށްވެސް އޮޑިޓް އޮފީހަށް
މަޖިލީހުން ކަނޑައެޅި ބަޖެޓާއި އެއްވަރުގެ އަދަދެކެވެ.  ނަމަވެސް އޮޑިޓު އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް
ހުށަހަޅާފައި ވަނީ 59 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

 މީ މާލިއްޔަތު ކޮމެޓީން
ފާސްކޮށްދިން އަދަދަށް ވުރެ 18 އިންސައްތަ ބޮޑު ބަޖެޓެކެވެ. އަންނަ އަހަރަށް
ލަފާކޮށް އޮޑިޓު އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އެންމެ
ބޮޑު ޚަރަދެއް ހިނގާނެކަމަށް ހިމަނާފައި ވަނީ މުވައްޒަފުންގެ މުސާރައާއި
އެހެނިހެން އިނާޔަތްތަކަށެެވެ. އެއީ ތިރީސް ހަ މިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ
ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ އޮޑިޓު އޮފީހުގެ އިދާރީ ޚަރަދަށެވެ. އެއީ  12 މިލިއަން ރުފިޔާއެވެ. 



އޮޑިޓާ
ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅާ
ފާސްކުރަންޖެހޭ ބަޖެޓެކެވެ.